إِنَّمَا ٱلنَّسِىٓءُ زِيَادَةٌۭ فِى ٱلْكُفْرِ ۖ يُضَلُّ بِهِ ٱلَّذِينَ كَفَرُوا۟ يُحِلُّونَهُۥ عَامًۭا وَيُحَرِّمُونَهُۥ عَامًۭا لِّيُوَاطِـُٔوا۟ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّوا۟ مَا حَرَّمَ ٱللَّهُ ۚ زُيِّنَ لَهُمْ سُوٓءُ أَعْمَٰلِهِمْ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْكَٰفِرِينَ ﴿٣٧﴾
ހަމަކަށަވަރުން، (حرمة ތެރި މައްސަރެއް) ފަސްކޮށްލުމަކީ، كافر ކަން އިތުރު ކުރުމެކެވެ. كافر ވި މީހުން އެކަމުގެ ސަބަބުން (އިތުރަށް) މަގުފުރެދިގެންދެތެވެ. އެއުރެން އެއްއަހަރު އެއްމައްސަރެއްގެ حرمة ކަނޑައި، އަނެއްއަހަރު އެ މައްސަރެއް حرمة ތެރި ކުރެތެވެ. އެއީ اللَّه، حرمة ތެރި ކުރައްވާފައިވާ މައްސަރުތަކުގެ عدد ހަމަކުޅައުމަށްޓަކައެވެ. ފަހެ، އެގޮތުން، اللَّه حرمة ތެރި ކުރައްވާފައިވާ މައްސަރުތަކުގެ حرمة ކަނޑަތެވެ. އެއުރެންގެ ނުބައި عمل ތައް، އެއުރެންނަށް ޒީނަތްތެރި ކުރެއްވިއެވެ. كافر ވި މީހުންނަކަށް، اللَّه ތެދުމަގެއް ނުދައްކަވަތެވެ.