وَذَرِ ٱلَّذِينَ ٱتَّخَذُوا۟ دِينَهُمْ لَعِبًۭا وَلَهْوًۭا وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ وَذَكِّرْ بِهِۦٓ أَن تُبْسَلَ نَفْسٌۢ بِمَا كَسَبَتْ لَيْسَ لَهَا مِن دُونِ ٱللَّهِ وَلِىٌّۭ وَلَا شَفِيعٌۭ وَإِن تَعْدِلْ كُلَّ عَدْلٍۢ لَّا يُؤْخَذْ مِنْهَآ ۗ أُو۟لَٰٓئِكَ ٱلَّذِينَ أُبْسِلُوا۟ بِمَا كَسَبُوا۟ ۖ لَهُمْ شَرَابٌۭ مِّنْ حَمِيمٍۢ وَعَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْفُرُونَ ﴿٧٠﴾
އެއުރެންގެ ދީނުގެ ކަންތަކަކީ، ކުޅިވަރެއް ކަމުގައްޔާއި، ފޫހިފިލުވުމެއް ކަމުގައި ބަލައިގެން އުޅުނު، އަދި ދުނިޔޭގެ ދިރިއުޅުން އެއުރެން ހެއްލުންތެރިކޮށްފައިވާ މީހުން ކަލޭގެފާނު ދޫކޮށްލައްވާށެވެ! އަދި ކަލޭގެފާނު އެ قرآن ން ހަނދާންކޮށް ދެއްވާށެވެ! نفس އެއްކުޅަ عمل ތަކުގެ ސަބަބުން، އެ نفس އެއް ހަލާކުގެ ތެރެއަށް ހުށަހެޅިދާނެ ކަމަށްޓަކައެވެ. اللَّه ފިޔަވައި އެ نفس އަށް އެހީތެރިވާނޭ ފަރާތެއް ނުވެތެވެ. އަދި شفاعة ތެރިވާނޭ ފަރާތެއްވެސް ނުވެތެވެ. އަދި ކޮންމެ فدية އަކުން އެ نفس އެއް فدية ދިނަސް، އެ فدية އެއް ނުހިއްޕަވާނެތެވެ. އެއުރެންނަކީ އެއުރެން ކުޅަ عمل ތަކުގެ ސަބަބުން ހަލާކަށް ހުށަހެޅުނު މީހުންނެވެ. އެއުރެންނަށް ކެކިކެކިހުރި ހޫނުފެނުގެ ބުއިމާއި ވޭންދެނިވި عذاب ހުށްޓެވެ. (އެއީ) އެއުރެން كافر ވެ އުޅުނުކަމަށްޓަކައެވެ.