۞ جَعَلَ ٱللَّهُ ٱلْكَعْبَةَ ٱلْبَيْتَ ٱلْحَرَامَ قِيَٰمًۭا لِّلنَّاسِ وَٱلشَّهْرَ ٱلْحَرَامَ وَٱلْهَدْىَ وَٱلْقَلَٰٓئِدَ ۚ ذَٰلِكَ لِتَعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ وَأَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ ﴿٩٧﴾
حرمة ތެރިވެގެންވާ كعبة اللَّه ގެފުޅާއި، حرمة ތެރި މައްސަރުތަކާއި، حرم ފުޅަށް ހަދިޔާކުރުމުގެ ގޮތުން ކަތިލާ ތަކެއްޗާއި، حرم ފުޅަށްޓަކައި ފާހަގަކޮށް ގިލަފަތި އަޅުވާފައިވާ ތަކެތި، اللَّه ލައްވާފައިވަނީ މީސްތަކުންގެ ދިރިއުޅުން އަމާންކޮށް قائم ކުރާ ތަކެތި ކަމުގައެވެ. އެއީ ހަމަކަށަވަރުން، އުޑުތަކުގައިވާހާ ކަމަކާއި، ބިމުގައި ވާހާކަމެއް اللَّه ދެނެވޮޑިގެންވާކަމާއި، ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދެނެގަތުމަށްޓަކައެވެ.