Divehi

سورة المائدة - عدد الآيات 120
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ شَهَٰدَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ ٱلْمَوْتُ حِينَ ٱلْوَصِيَّةِ ٱثْنَانِ ذَوَا عَدْلٍۢ مِّنكُمْ أَوْ ءَاخَرَانِ مِنْ غَيْرِكُمْ إِنْ أَنتُمْ ضَرَبْتُمْ فِى ٱلْأَرْضِ فَأَصَٰبَتْكُم مُّصِيبَةُ ٱلْمَوْتِ ۚ تَحْبِسُونَهُمَا مِنۢ بَعْدِ ٱلصَّلَوٰةِ فَيُقْسِمَانِ بِٱللَّهِ إِنِ ٱرْتَبْتُمْ لَا نَشْتَرِى بِهِۦ ثَمَنًۭا وَلَوْ كَانَ ذَا قُرْبَىٰ ۙ وَلَا نَكْتُمُ شَهَٰدَةَ ٱللَّهِ إِنَّآ إِذًۭا لَّمِنَ ٱلْءَاثِمِينَ ﴿١٠٦﴾
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް، މަރު حاضر ވެއްޖެނަމަ، وصية ކުރާހިނދުގައި، ތިޔަބައިމީހުންގެ މެދުގައި، ތިޔަބައިމީހުންގެ ތެރެއިން عدل ވެރި ދެފިރިހެނުން ހެކިކުރުން ހުށްޓެވެ. ނުވަތަ ތިޔަބައިމީހުން ބިމުގައި، ދަތުރުފަތުރުކޮށް އުޅެނިކޮށް، މަރުގެ مصيبة ތިޔަބައިމީހުންނަށް ޖެހިއްޖެނަމަ، ތިޔަބައިމީހުން ނޫންމީހުންގެ ތެރެއިން، ދެމީހުން ހެކިކުރުން ހުށްޓެވެ. (އެދެމީހުންގެ ހެކިބަހާމެދުގައި) ތިޔަބައިމީހުންނަށް شك ވެއްޖެނަމަ، ނަމާދުގެ ފަހުން، ތިޔަބައިމީހުން އެދެމީހުން ހިފަހައްޓާނީއެވެ. ދެން އެ ދެ ހެކީން، اللَّه ގަންދީ ހުވާކުރާނީއެވެ. އެ މީހަކީ (އެބަހީ: އެމީހަކަށްޓަކައި ހުވާކުރެވޭ މީހަކީ) ގާތްތިމާގެ މީހަކު ކަމުގައިވިޔަސް، އެހުވަޔަށް އެއްވެސް އަގެއް އަތުލާފައި ނުވާކަމަށާއި، اللَّه ގެ ހެކިބަސް، ތިމަންމެން ވަންހަނާ ނުކުރާކަމަށެވެ. އެކަން ކޮށްފިނަމަ، އޭރުން ހަމަކަށަވަރުން، ތިމަންމެންވާހުށީ ފާފަވެރިންގެ ތެރެއިންނެވެ.
مشاركة الموضوع