۞ قُلْ إِنِّى نُهِيتُ أَنْ أَعْبُدَ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ لَمَّا جَآءَنِىَ ٱلْبَيِّنَٰتُ مِن رَّبِّى وَأُمِرْتُ أَنْ أُسْلِمَ لِرَبِّ ٱلْعَٰلَمِينَ ﴿٦٦﴾
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބަޔާންވެގެންވާ ހެކިތައް، ތިމަންކަލޭގެފާނަށް އައިހިނދު، ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަށް އަޅުކަންކުރުން، ހަމަކަށަވަރުން، ތިމަންކަލޭގެފާނަށް ނަހީކުރެއްވިއެވެ. އަދި عالم ތަކުގެ ވެރިރަސްކަލާނގެއަށް ކިޔަމަންގަތުމަށް ތިމަންކަލޭގެފާނަށް އަމުރުކުރެއްވިއެވެ.