أَلَمْ تَرَ إِلَى ٱلَّذِينَ قِيلَ لَهُمْ كُفُّوٓا۟ أَيْدِيَكُمْ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ فَلَمَّا كُتِبَ عَلَيْهِمُ ٱلْقِتَالُ إِذَا فَرِيقٌۭ مِّنْهُمْ يَخْشَوْنَ ٱلنَّاسَ كَخَشْيَةِ ٱللَّهِ أَوْ أَشَدَّ خَشْيَةًۭ ۚ وَقَالُوا۟ رَبَّنَا لِمَ كَتَبْتَ عَلَيْنَا ٱلْقِتَالَ لَوْلَآ أَخَّرْتَنَآ إِلَىٰٓ أَجَلٍۢ قَرِيبٍۢ ۗ قُلْ مَتَٰعُ ٱلدُّنْيَا قَلِيلٌۭ وَٱلْءَاخِرَةُ خَيْرٌۭ لِّمَنِ ٱتَّقَىٰ وَلَا تُظْلَمُونَ فَتِيلًا ﴿٧٧﴾
ތިޔަބައިމީހުންގެ އަތްތައް (ހަނގުރާމައިން) އެއްކިބާކުރާށޭ، އަދި، ތިޔަބައިމީހުން ނަމާދު قائم ކޮށް، زكاة ދީ، އުޅޭށޭ އަންގަވާފައިވާ މީހުން، ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ ދެންފަހެ، ހަނގުރާމަކުރުން އެއުރެންގެ މައްޗަށް فرض ކުރެއްވި ހިނދު، އެހާރުން އޭގެތެރެއިން ބަޔަކު اللَّه އަށް ބިރުވެތިވާފަދައިން، ނުވަތަ، އެއަަށްވުރެވެސް ގަދަ ބިރުވެތިވުމަކުން، މީސްތަކުންދެކެ ބިރުވެތިވެތެވެ. އަދި، އެއުރެން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އަޅަމެންގެ މައްޗަށް ހަނގުރާމަކުރުން فرض ކުރެއްވީ ކީއްވެގެންތޯއެވެ؟ ކައިރި مدة އަކަށް އަޅަމެންނަށް ފަސްކޮށްދެއްވިނަމަ، ކޮންފަދަތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދުނިޔޭގެ އުފަލަކީ ކުޑަވަގުތުކޮޅެއްގެ ކަމެކެވެ. އަދި، تقوى ވެރިވި މީހަކަށް آخرة ހެޔޮކަން ބޮޑެވެ. އަދި، ތިޔަބައިމީހުންނަށް ކިތަންމެ ކުޑަމިންވަރަކުންވެސް ބޭއިންސާފެއް ނުކުރައްވާހުށްޓެެވެ.