Surah آل عمران - Aya 7

Surah آل عمران - ދިވެހި - Aya 7 Aya count 200

هُوَ ٱلَّذِىٓ أَنزَلَ عَلَيْكَ ٱلْكِتَٰبَ مِنْهُ ءَايَٰتٌۭ مُّحْكَمَٰتٌ هُنَّ أُمُّ ٱلْكِتَٰبِ وَأُخَرُ مُتَشَٰبِهَٰتٌۭ ۖ فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌۭ فَيَتَّبِعُونَ مَا تَشَٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ ۗ وَمَا يَعْلَمُ تَأْوِيلَهُۥٓ إِلَّا ٱللَّهُ ۗ وَٱلرَّٰسِخُونَ فِى ٱلْعِلْمِ يَقُولُونَ ءَامَنَّا بِهِۦ كُلٌّۭ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَٰبِ ﴿٧﴾
އެކަލާނގެއީ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. އޮޅުމެއްނެތި، މާނަ ސާފުކޮށް އެނގޭ آية ތަކެއް އޭގެތެރޭގައިވެއެވެ. އެ آية ތަކަކީ، އެ ފޮތުގެ މައިގަނޑު ބަޔެެވެ. އަދި متشابه آية ތަކެއްވެސްވެއެވެ. (އެބަހީ: اللَّه އަށް މެނުވީ އޭގެ މާނަ އެނގުންނުވާ، ނުވަތަ علمى نظر އަކުން ބަލައިގެންމެނުވީ އޭގެ މާނަ ދޭހަނުވާ آية ތަކެއްވެސް އޭގެތެރޭގައި ވެއެވެ.) ފަހެ، حق މަގުން އެއްކިބާވުމުގެގޮތް، އެއުރެންގެ ހިތްތަކުގައިވާ މީހުން ދަންނާށެވެ! ފަހެ، އެއުރެން فتنة އުފެއްދުމުގެ ބޭނުމުގައްޔާއި، އެ آية ތައް އެކިގޮތްގޮތަށް މާނަކުރުމުގެ ބޭނުމުގައި، އެ ފޮތުގެ ތެރޭގައި متشابه آية ތައް ނަގައި، އޭގައި ހިފަހައްޓަތެވެ. އެ آية ތަކުގެ حقيقى މާނަ، اللَّه އަށް މެނުވީ އެނގިގެނެއް ނުވެތެވެ. علم ގައި ހަރުދަނާކަމާއި ثابت ކަން ލިބިފައިވާ މީހުން ބުނާހުށީ، ތިމަންމެން މިތިބީ އެ آية ތަކަށް إيمان ވެގެންނެވެ. ހުރިހާ آية ތަކެއްވެސްވަނީ، ތިމަންމެންގެ ވެރިރަސްކަލާނގެ حضرة ންނެވެ. ބުއްދީގެ أهل ވެރިން މެނުވީ ވިސްނައި ހަނދުމަކޮށެއް ނަހަދަތެވެ.
Share