وَلَا جُنَاحَ عَلَيْكُمْ فِيمَا عَرَّضْتُم بِهِۦ مِنْ خِطْبَةِ ٱلنِّسَآءِ أَوْ أَكْنَنتُمْ فِىٓ أَنفُسِكُمْ ۚ عَلِمَ ٱللَّهُ أَنَّكُمْ سَتَذْكُرُونَهُنَّ وَلَٰكِن لَّا تُوَاعِدُوهُنَّ سِرًّا إِلَّآ أَن تَقُولُوا۟ قَوْلًۭا مَّعْرُوفًۭا ۚ وَلَا تَعْزِمُوا۟ عُقْدَةَ ٱلنِّكَاحِ حَتَّىٰ يَبْلُغَ ٱلْكِتَٰبُ أَجَلَهُۥ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ مَا فِىٓ أَنفُسِكُمْ فَٱحْذَرُوهُ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَفُورٌ حَلِيمٌۭ ﴿٢٣٥﴾
އަދި، (رجعى عدة ފިޔަވައި އެހެން عدة ގައިވާ) އަންހެނުންކުރެން، ތިޔަބައިމީހުން ކާވެނިކުރަން އެދޭކަމުގެ މައްޗަށް ދޭހަވާ ނުވަތަ إشارة ކުރާ ބަހެއް ބުނުމާމެދު، ނުވަތަ، ތިޔަބައިމީހުންގެ ހިތުތެރޭގައި (ކާވެނިކުރުމުގެ قصد) ފޮރުވާފައި ބޭއްވުމާމެދު، ތިޔަބައިމީހުންގެ މައްޗަކަށް ފާފައެއްނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އެކަނބަލުން ކުރެން (صريح ކޮށް) ކާވެނިކުރުމަށް އެދޭނޭކަން اللَّه ދެނެވޮޑިގެންވެއެވެ. އެހެނެއްކަމަކު، شرعى ހަމައިގެ މަތިންވާ ބަހެއް ތިޔަބައިމީހުން ބުނުން ފިޔަވައި، އެކަނބަލުންނަށް ކާވެނިކުރުމާމެދު وعد ވެ ނުހަދާހުށިކަމެވެ! އަދި، އެކަނބަލުންގެ عدّة ހަމަވެއްޖައުމަށްދާނދެން، ތިޔަބައިމީހުން (އެކަނބަލުންނާ) ކާވެނި عقد ނުކުރާހުށިކަމެވެ! އަދި، ތިޔަބައިމީހުންގެ نفس ތަކުގައިވާ ކަންތައް ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވާކަން ތިޔަބައިމީހުން ދަންނާށެވެ! ވީމާ، ތިޔަބައިމީހުން، އެކަލާނގެއަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އަދި، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ حليم ވަންތަ، ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!