Divehi

Surah الناس - Aya count 6
Share
ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ.
(އެކަލާނގެއީ) މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ.
(އެކަލާނގެއީ) މީސްތަކުންގެ إله ވަންތަ ރަސްކަލާނގެއެވެ.
ފިލައިހުރެ ވަސްވާސްދޭ شيطان އާގެ ނުބައިކަމުންނެވެ. (އެބަހީ: شيطان އާގެ ނުބައިކަމުން އެކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަަމެވެ.)
އެ (شيطان އާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ شيطان އާއެވެ.
ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ شيطان ންނެވެ.